ގޯތިގެދޮރު ހެދުމަށް ދޫކުރާ ހާއްސަ ލުއި ލޯނު ”ހިޔާވެހި ފައިނޭންސް ސްކީމް“ ލޯން ތައާރަފުކޮށްފިއެވެ.
ހައުސިން މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާ ދެމެދު މިއަދު ވަނީ އެ ލޯނު ސްކީމުގެ އެމްއޯޔޫގައި ސޮއިކޮށްފައެވެ. އެ ލޯނު ސްކީމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިނާދެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ލޯން ސްކީމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގޮތަކަށް ކަމަށެވެ.
އެގޮތުން އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ލުއި ލޯން ސްކީމުގެ ދަށުން ލޯނު ދޫކުރާނީ އެއް މިލިއަން ރުފިޔާ ހަމަޔަށް ކަމަށާއި ގްރޭޓާ މާލޭ ރީޖަން ސަރަހައްދާއި، ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ލުއި ލޯނު ދޫކުރާނީ ތިން މިލިއަން ރުފިޔާ ހަމަޔަށް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ލޯނުތައް ދޫކުރާނީ ފަސް ޕަސަންޓް އިންޓްރެސްޓްއާއެކު އިސްލާމިކް ފައިނޭންސް މިންގަނޑުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކަމަށެވެ.


ގުޅުންހުރި
57 ރަށެއްގެ ހައުސިން މަޝްރޫއު ބީލަމަށް ލައިފި
ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަޒީލް ވޯޓު ދިނީ ހައިދަރަށް ރުހުން
ހައުސިން މިނިސްޓްރީ އުވާލުމުން ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިދާނެކަން އަންގައިފި
ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ދަރުބާރުގެ ކުއްޔަށް ދިނުން ހުއްޓާލައިފި
ހައުސިން މިނިސްޓްރީ އުވާލައި ހައިދަރު، ހަޔާ އެޑިއުކޭޝަނަށް ބަދަލުކޮށްފި