ބޭނުންވާ ތަކެތި
– ފުށްގަނޑު ތައްޔާރުކުރުމަށް:
- 1 ޖޯޑު ފުށް
- ½ ތަށި ޕްލެއިން ޔޯގަޓް
- 2 ސައިސަމުސާ ލޮނު
- 1 މޭޒުމަތީ ސަމުސާ އަން ސޯލްޓަޑް ބަޓަރު
- ½ ސައިސަމުސާ ބޭކިންގ ސޮޑާ
- ½ ސައިސަމުސާ ބޭކިންގް ޕައުޑަރު
– އަލްފްރޭޑޯ ސޯސް ތައްޔާރުކުރުމަށް:
- 1 މޭޒުމަތީ ސަމުސާ އަންސޯލްޓަޑް ބަޓަރު
- 4 އައުންސް ކްރީމް ޗީޒް
- 4 ލޮނުމެދު (ގާނާފައި)
- 1ޖޯޑު ހެވީ ކްރީމް
- 1 ސައިސަމުސާ އޮރެގަނޯ
- 1 ސައިސަމުސާ ޕަޕްރީކާ
- ½ ޖޯޑު ޗީޒް (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ފުށް، ލޮނު، ބޭކިން ޕައުޑަރު، ބޭކިން ސޮޑާ، ބަޓަރު އަދި ޔޯގަޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 30 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ސޯސް ތައްޔާރުކުރުމަށް ތަވައަކަށް ބަޓަރު، ލޮނުމެދު، އޮރެގަނޯ، ޕަޕްރީކާ އެޅުމަށްފަހު ކައްކާލާށެވެ. ދެން މީގެ ތެރެއަށް ކްރީމް ޗީޒް އަޅއި ކްރީމް ޗީޒްކޮޅު ދިޔާވަންދެން ކައްކާލާށެވެ، އެއަށްފަހު ހެވީ ކްރީމް އަޅަމުން ހަލަމުން ގެންދާށެވެ. ދެން މީގެ ތެރެއަށް ގާނާފައި ހުރި ޗީޒް އެޅުމަށްފަހު އެއްކޮށްލާށެވެ.
މަފިން ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މީގެ ފުލުގައި 1 މޭޒުމަތީ ސަމުސާ ފުށްގަނޑު ފަތުރާލުމަށްފަހު ތައްޔާރުކުރި ސޯސްކޮޅު މީގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު މީގެ މަތީގައި ޗީޒްކޮޅެއް ފަތުރާލުމަށްފަހު ހޫނު ކުރެވިފައިވާ އަވަން އެއްގައި 10 – 15 މިނެޓްވަންދެން ފިހެލާށެވެ.


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު