މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އަލަށް ފަށަން ނިންމާފައިވާ އެއާ ކާގޯގެ ހިދުމަތް ނުވަތަ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓާކިޝް އެއާލައިންސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މީރުމާ ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓާކިޝް އެއާލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓާކިޝް އެއާލައިންގެ ރާއްޖޭގެ އެޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެވެ. ކެރިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި ޝިޕިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެ ހިދުމަތަކީ އެ ކުންފުނީގެ އިތުރުން، ރާއްޖޭގެ އިގުތިސާދަށް ވެސް ފައިދާކުރާނެ ހިދުމަތެއް ކަމަށެވެ.
ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖާ ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.
”މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓާ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ހިދުމަތަށް ރާއްޖެ ބޭނުންކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ މި ހިދުމަތުގެ ހަބަކަށް ހެދުން،“ ބިލާލް ވިދާޅުވި އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ