އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލަށް ތާއީދުކުރައްވާ ކަމަށާއި ރައްޔިތުން މަޖިލީހަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން އިންތިހާބުވާ މެމްބަރުން ތިބެންވާނީ އެ ޕާޓީ އެއްގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ”ސަންގު ޓީވީ“ އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ ޖާއިޒު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އުސޫލެއްގެ ގޮތުން އެންމެ ރަނގަޅީ އިންތިހާބުވި ޕާޓީގައި މެމްބަރުން ދެމިހުރުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”މިއީ ޑިބޭޓަބަލް ކަމެއް. އެންމެ އައިޑިއަލް ގޮތަކަށް ވާނީ އެ އިންތިހާބުވި ޕާޓީއެއްގައި ހުރެގެން ކުރިއަށްދިއުން. އެއީ ރައްޔިތުންނާއެކު ހެދިފައި އޮންނަ ސޯޝަލް ކޮންޓްރެކްޓަކީ ވެސް ހަގީގަތުގައި. އެހެންވީމާ އުސޫލެއްގެ ގޮތުގައި އަޅުގަނޑު ތާއީދުކުރަން ތި ބިލަށް،،“ ރައީސް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއްގެ ސިޔާސަތާއި އެ ޕާޓީއެއްގެ ތާއީދާއެކު މަޖިލީހަށް އިންތިހާބުވާ މެމްބަރަކު ޕާޓީ ދޫކޮށްލައިގެންނުވާނެކަމަށާއި އަދި އެއީ އުސޫލެއްގެ ގޮތުންވެސް ދެވިގެންވާނެ ފުރުސަތެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ވަގުތީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެމްޑީޕީން އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ މަޖިލިސް މެެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި