ބޭނުންވާ ތަކެތި
1 ޗޮކްލޭޓް ސުވިސް ރޯލް ކޭކް
– ޗޮކްލޭޓް ކަސްޓަރޑް ހެދުމަށް:
- 50ގ ކަސްޓަރޑް ޕައުޑަރު
- 50ގ ހަކުރު
- 20ގ ކޮކޯ ޕައުޑަރު
- 850 އެމް އެލް ދިޔާކިރު
– ޓޮޕިންގް ތައްޔާރުކުރުމަށް:
- 300 އެމް އެލް ހެވީ ކްރީމް
- 1 މޭޒުމަތީ ސައިސަމުސާ އައިސިންގ ޝުގާ
- 1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
ސުވިސް ރޯލް ކޭކު، ފޮތިތަކަށް ބައިކުރުމަށްފަހު ޓްރޭގެ ފުލުގައި މި ކޭކް ސްލައިސްތައް އަތުރާލާށެވެ.
ކަސްޓަޑް ތައްޔާރުކުރުމަށް ތަވައަކަށް ދިޔާކިރު، ކަސްޓަޑް ޕައުޑަރު، ހަކުރު އަދި ކޮކޯ ޕައުޑަރު އަޅައި އެއްކުރުމަށްފަހު އޮލަވަންދެން ކައްކާލާށެވެ.
މި މިކްސް ހިހޫވުމުން ކުރިން ތައްޔާރުކުރި ކޭކުތަކުގެ މަތީގައި މި މިކްސް ފަތުރާލާށެވެ. އަދި ފިނިކުރުމަށް ފްރިޖުގައި ބަހައްޓާލާށެވެ.
ޓޮޕިން ތައްޔާރުކުރުމަށް ކޮންޓެއިނަރެއްގައި ހެވީ ކްރީމް، އައިސިން ޝުގާ އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކަސްޓަޑް ޓްރޭ ނެގުމަށްފަހު އޭގެ މަތީގައި މި ޓޮޕިން ފަތުރާލާށެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި