މި ރޯދަމަހު ކަރަންޓާއި ފެނަށް ބިލްކުރާއިރު އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ބިލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ތައްޔާރުކުރަން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ކަސްޓަމަރުންގެ އެވްރެޖް ބިލުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އާންމުކޮށް އަހަރުގެ ބިލުތައް ބޮޑުވެގެންދާ ފެބްރުއަރީ، މާރިޗު، އޭޕްރިލް މި ތިން މަހުގެ ބިލުތައް ނުހިމަނާ ތައްޔާރުކޮށްފައިވާ 2023 ވަނަ އަހަރުގެ އެވްރެޖް ބިލެއް ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ، ޑޮމެސްޓިކް ކަސްޓަމަރުންގެ ރޯދަމަހުގެ ބިލް އެވްރެޖަށްވުރެ މަތިވާ ނަމަ ކަސްޓަމަރުން ދައްކާނީ އެވްރެޖް ބިލަށް އަރާ މިންވަރު ކަމަށެވެ. އަދި ރޯދަމަހުގެ ބިލް އެވްރެޖް ބިލަށްވުރެ ކުޑަވާނަމަ ކަސްޓަމަރުން ދައްކާނީ ރޯދަމަހުގެ ބިލަށް އެރި މިންވަރު ކަމަށްވެސް ބުންޏެވެ.
އެ ކުންފުނިން ބުޖނީ، ޑޮމެސްޓިކް ކަސްޓަމަރުންގެ ރޯދަމަހުގެ ބިލަށް އަރާ އަދަދާއި 2023 ވަނަ އަހަރުގެ އެވްރެޖް ބިލްގެ މިންވަރާ، މި އެވްރެޖަށްވުރެ ރޯދަމަހުގެ ބިލް ބޮޑުވާ ނަމަ، ރޯދަމަހުގެ ޑިސްކައުންޓުގެ ގޮތުގައި ދޭ އަދަދު އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް އަންގާނެ ކަމަށެވެ.
އަދި މިހާތަނަށް ރޯދަމަހުގެ ބިލް އެ ކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްވެ ދެންނެވުނު ގޮތަށް އިސްލާހު ކުރުމަށްފަހު އެސްއެމްއެސް ކުރާނެ ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
އިންނަމާދޫގައި 50 ހައުސިން ޔުނިޓާއި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ހަދަނީ
ރައީސް މުއިއްޒުވަރުގެ ރައްޔިތުންނަށް އޯގާތެރި ވެރިއަކު ނުލިބޭނެ: ފަލާހު
މަޑުއްވަރިއަށް އުފުލަންދޫ، މީދުއަށް ތާވަތާ ދޭން ރައީސް ނިންމަވައިފި
މަރާލަން ހަމަލާދިން މީހުންނާ ދެކޮޅަށް ޝަމީމު ހެކިބަސް ދެއްވައިފި
ފާލު ބަލައި ރޫހާނީ ފަރުވާދެމުންދިޔަ ގްރޫޕު އަތުލައިގެންފި
ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި