މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑުއަށް ފެށުމަށްޓަކައި އެކަމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސީޕްލޭންގެ ދަތުރުތައް އެ ރަށަށް ފެށުމަށް އިނީޝިއަލް ސާވޭއަށް މޯލްޑިވިއަންގެ ބޯޓެއް އެ ރަށަށް މިއަދު ގޮސްފައިވާ ކަމަށެވެ. އެއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށްވެސް ވިދާޅުވި އެވެ.
”އުންމީދަކީ ދަތުރުތައް ވަރަށް އަވަހަށް ފެށިގެން ދިއުން“ ކަރަމް ވިދާޅުވި އެވެ.
ގުދުރަތީ ރީތިކަމެއް ލިބިފައިވާ ތޮއްޑޫއަކީ އެންމެ ގިނައިން ޓޫރިސްޓު އެނދު ހުރި އެއް ރަށެވެ.
އެ ރަށަށް ދުވާލެއްގެ މައްޗަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުންދާއިރު، މިދިޔަ އަހަރު އެ ރަށުން ވަނީ ގްރީން ޓެކުހަށް 1.2 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ޓެކުހަށް 2.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކައިފަ އެވެ.




ގުޅުންހުރި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި