ބޭނުންވާ ތަކެތި
- 2 ޕެކެޓް މަމީ ނޫޑްލްސް ( ހޫނުފެން އަޅައި މަޑުކޮށްފައި)
- 1 ދަޅު މަސް
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 1 މިރުސް (ކުދިކޮށް ކޮށާފައި)
- 1 ލުނބޯގެ ހުތް
- ¼ ސައިސަމުސާ ރީނދޫ
- ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ރިހާކުރު
- 1 ސައިސަމުސާ ޖިންޖާ ގާލިކް ޕޭސްޓް
- 1 ސައިސަމުސާ އަސޭމިރުސް
- ފެން
- ރަހަލާވަރަށް ލޮނު
- ތެޔޮ
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ފިޔާ، މިރުސް، ހިކަނދިފަތް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ދެން މީގެ ތެރެއަށް މަސްދަޅު އަޅައި ރަނގަޅަށް މަސްގަނޑު މޮޑެލާށެވެ. އެއަށްފަހު ދެން މި މަސްގަނޑު ތެރެއަށް ޖިންޖާ ގާލިކް ޕޭސްޓް، އަސޭމިރުސް އަދި ރިހާކުރު އެޅުމަށްފަހު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ނޫޑްލްސްކޮޅު، ރީނދޫ އަދި ކުޑަ ފެންފޮދެއް ޖަހައި ރަނގަޅަށް އެއްކޮށްލާށެވެ.
އަވަން 200 ޑިގްރީ ސްލެސިއަސްއަށް ހޫނު ކުރުމަށްފަހު ޓްރޭއެއްގައި ތެޔޮކޮޅެއް ހާކައި މި މަސްގަނޑު ޓްރޭއަށް އެޅުމަށްފަހު އަވަންގައި މި ބޯކިބާ ފިހެލާށެވެ.




ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި