ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ އުފެއްދުމަށް ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސް އެޅީ އެ މަނިކުފާނުގެ އެންގެވުމާ ހިލާފަށް ކަމަށާއި އެކަން ތަހުގީގު ކުރައްވަން އަމުރުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގިޔާޒުއްދީން ސްކޫލުގައި ރޭ ބާއްވަން އޮތް ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެތަނަށް އެސްއޯ ފުލުހުން ގޮސް، ގޭޓު ބަންދުކުރުމުން ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި އެކަން ކޮންޓްރޯލް ކުރަން ފުލުހުން ޕެޕާ ސްޕްރޭވެސް ޖެހި އެވެ.
ރޭ ހިނގި ކަންތަކާ ގުޅިގެން، ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރާކަށް ނުވަތަ އުދަނގުލެއް ކުރާކަށް އެ މަނިކުފާނުގެ ފަރާތުންނާއި ސަރުކާރުގެ އެއްވެސް ހިސާބަކުން އެންގުމެއް ނާންނާނެ ކަމާއި އެފަދަ އެންގުމެއް ގޮސްފި ނަމަ އެ މަނިކުފާނު އިސްވެ ފިޔަވަޅު އަޅާނެ ވާހަކަ ހޯމް މިނިސްޓަަރާއި ކޮމިޝަނަރު އޮފް ޕޮލިސް އަދި ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.
”ރޭގައި މިފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނީ އެއްވެސް ގޮތަކަށް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެން. އެއްގޮތަކަށްވެސް ނުވާނޭ. ފޮނުވަން ޖެހިއްޖެއްޔާ އަޅުގަނޑަށް އެނގޭނޭ މި ގައުމު އެ ހިސާބަށް ދިޔައީމަ އަޅުގަނޑު ދަންނަވާނަމޭ އެވަރު ކުރަން ޖެހިއްޖެއްޔާ،“ ރޭ ހިނގި ކަންތަކާ ގުޅިގެން ހިތާމަކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުން ތަހުގީގުކޮށް، އެކަން ކުރީ ކާކު ކޮންތަކަށް ދިން އިރުޝާދަކުންތޯ ބައްލަވަން ބޭނުންފުޅުވާ ކަމަށް ހޯމް މިނިސްޓަރަށާއި ކޮމިޝަނަރު އޮފް ޕޮލިހަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެ ތަހުގީގުގެ ރިޕޯޓް މިރޭ އެ މަނިކުފާނަށް ފޮނުއްވުމަށްވެސް އަންގަވާފައިވާނެ ކަމަށާއި އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”….އަޅުގަނޑު ގުޅީ ސީޕީއަށް. އަޅުގަނޑު ދެންނެވިން ކީއްވެހޭ މިކަން މިވީ. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފައި އޮތް ކަމެކޭ. އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރެވެން. ކާކު ކޮންގޮތަކުން ދިން އިރުޝާދަކުން ހިނގި ކަމެއްތޯ. ހޯމް މިނިސްޓަރަށްވެސް ދަންނަވާފައި އޮންނާނީ މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެންޖެހޭނޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް. އެއީ ޓޮލެރޭޓް ކުރާނެ ކަމެއް ނޫން. އަޅުގަނޑުގެ ސިޔާސަތު. އަޅުގަނޑު ރައްޔިތުންނަށްވީ ވައުދު،“ ރައީސް ވިދާޅުވި އެވެ.
”ދެން އެކަން އެ އޮތީ ހިނގާފައި. ވަރަށް ހިތާމަހުރި ކަމެއް. ދެން މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން އަޅުގަނޑު. ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދަން ބޭނުން. އަޅުގަނޑުގެ ސަރުކާރަށް އިތުބާރު އޮންނަން ބޭނުން. އަޅުގަނޑުގެ ވައުދު. އަޅުގަނޑު ރޭގައިވެސް ދެއްކީ މި ވާހަކަ،“

ގުޅުންހުރި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް