ޑިސެމްބަރ 13, 2024

ފީވަކުގައި ނުރައްކާތެރި ފްރުޓް ފުލައި ގިނަވާން ފަށައިފި

ނުރައްކާތެރި ފަނިފަކްސާއެއްކަމުގައި ވާ ”ފުރުޓް ފްލައި“ ށ. ފީވަކުގައި ގިނަވާން ފަށައިފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ، އެ ފްރުޓް ފުލައި އެ ރަށުގައި ގިނަވަމުންދާ ޝަކުވާ ލިބެމުންދާތީ ”ފެރޮމޯން ދަންތުރަ“ ބޭނުން ކޮށްގެން ފްރުޓް ފުލައިގެ އާބާދީ މަދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގައި މިނިސްޓްރީގެ ޓީމަކުން ދަނީ ފީވަކު ކައުންސިލާއި ދަނޑުވެރިންނާއެކު ހަރަކާތްތެރިވަމުންކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ފްރުޓް ފުލައި ފެނިފައިވަނީ 2015 ވަނަ އަހަރުގައެވެ. އެފަހުން ފްރުޓް ފުލައި ރާއްޖެއިން ފެނިފައިވަނީ 2022 ވަނަ އަހަރުއެވެ. އެ ދެ ފަހަރުވެސް ފްރުޓް ފުލައި ފެނިފައިވަނީ ފީވަކުންނެވެ.

ފްރުޓް ފްލައިއަކީ ތަރުކާރީއާއި މޭވާގެ ގިނަ ވައްތަރުތަކުގައި އަށަގަންނަ ފަނިފަކްސާއެކެވެ.

Leave a Reply