ހުޅުމާލެ ފޭސް ދޭއްގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، (18އ) އެވެ. ވިޝާލް މަރުވެފައިވަނީ މިރޭގެ ވަގުތެއްގައެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ހަވީރު، 5:00 ޖެހިއިރު ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓު ލިބުނު ޒަހަމްތަކަށް ޥިޝާލް ފަރުވާ ހޯދަމުން އައިސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
އޭނާގެ ކަށުނަމާދު މިރޭ 12:00 ޖަހާއިރު ހުޅުމާލެ ސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ގުޅުންހުރި
އެމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ހައިވޭ އެކްސިޑެންޓް: 60 އަަހަރުގެ އަންހެނަކާ ސުވާލުކޮށް އޭނާގެ ސައިކަލް ޓޯކޮށްފި
ހައިވޭ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖު: ފަހަތުން އައި ސައިކަލު ދިޔައީ މަރުވި
ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ތިން މަހަށް ޖަލަށްލައިފި
ފުލުހުންގެ ކާރަކުން ޖެހި ސައިކަލެއް އެކްސިޑެންޓްވި މަންޒަރު ދުށް ބަޔަކު ހޯދަނީ
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ