ޖުލައި 4, 2024

ހުޅުމާލެ ފޭސް 3ގެ ފުރަތަމަ މިސްކިތް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ދެ މިސްކިތް އަޅަން ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކުރީ ހުޅުމާލެ ފޭސް 2 އިން 27،920 އަކަފޫޓުގެ ބިމަކާއި ހުޅުމާލެ ފޭސް 3 އިން 21،952 އަކަފޫޓޫގެ ބިމެކެވެ. މިއީ ތަނެއް އިމާރާތް ކުރަން ހުޅުމާލެ 3 އިން ބިމެއް ދޫކުރި ފުރަތަމަ ފަހަރެވެ.

މިސްކިތް އަޅަން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.