ނ. މާފަރުގެ ބައެއްގެ ގޮތުގައި ފަރުމާލި އާއި ކަޑިންމާހުރާ ހަމަޖައްސައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން 2020 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ”ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން“ އިސްލާހު ގެންނަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން އިސްލާހު ގެނެސް މާފަރުގެ ބައެއްގެ ގޮތުގައި ފަރުމާލި އާއި ކަޑިންމާހުރާ ކަނޑައަޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި މާފަރަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ މާފަރުގެ އިހުތިސޯސްގެ ތެރޭގައި ފަރުމާލި އާއި ކަޑިންމާހުރާ ހިމަނުއްވައިދެއްވާނެ ކަމަށެވެ.




ގުޅުންހުރި
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް