ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ 17 ދާއިރާގެ ގޮނޑި ސަރުކާރަށް ރައްޔިތުން ދީފި ނަމަ، އެ މަނިކުފާނު ޔަގީންކަން ދެއްވަމުން އަންނަ ބޯހިޔާވަހިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލެއާއި މުޅިރާއްޖެއަށްވެސް ބޭނުންވާ އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމަށާއި ގައުމީ މުހިންމު ކަންކަމަށްފަހު ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ވައުދުވެވަޑައިގެންނެވީ އެ ސަބަބަށްޓަކާ ކަމަށެވެ.
ނަމަވެސް ސަރުކާރާ ދެކޮޅަށް ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން މަސައްކަތް ކުރާނެ ބަޔަކު މަޖިލީހަށް ލައިގެން އެ ވައުދު ނުފުއްދޭނެ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރަށް އެއްބާރުލުން ދޭނެ މީހުން މަޖިލީހަށް ހޮވައިފި ނަމަ، އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ދައުރު ނިމުމުގެ ކުރިން ކޮންމެ ރައްޔިތަކަށްވެސް މަދުވެގެން އެއް ބޯހިޔާވަހިކަން ޔަގީންކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
”ދެން މިކަމުގައި ރިސްކެއް ނަގަންވީ އެއްވެސް ސަބަބެއް އެބަ އޮތްތޯ. މާލެ ސިޓީގެ ރައްޔިތުން މާލޭގެ 17 ދާއިރާއަށް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައި ތިއްބެވި ކެންޑިޑޭޓުން ހިޔާރުކުރެއްވީމައި މާލޭގެ ރައްޔިތުންނަށް އަޅުގަނޑު މިދިން ޔަގީންކަން، ދެމުން އަންނަ ޔަގީންކަން، ދީފައިވާ ޔަގީންކަން ޔަގީންކަމަކަށް ހަދައިދޭނަން،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ފްލެޓް ކުއްޔަށް ދޭނަމަ 50،000ރ އިން ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
އިސްތިއުފާދެއްވަން ރައީސް ވަހީދަށް އެންގިން: ރައީސް މުއިއްޒު