ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން، ފެނަކަ ކޯޕަރޭޝަނަށް ލިބެމުންދާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފައެވެ. އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެނީ ފެނަކަ ކޯޕަރޭޝަނުންވެ. ކުޅުދުއްފުށިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ސްޓެލްކޯގެ އެހީތެރިކަމަށް އެދުމުން، ސްޓެލްކޯއިން ވަނީ ތަޖުރިބާކާރުންގެ ޓީމެއް ފޮނުވައި، ކުޅުދުއްފުށިއަށް ވަގުތީ ގޮތުން ކަރަންޓު ދީފައެވެ.
ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގެގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު ވަނީ މާލެ އައިސްފައި ކަމަށެވެ.
”އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ އަށް މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ދަނީ ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުން“ ފަހުމީ ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ގާއިމުކޮށްދޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެކަން ހާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ލިބިގެންދާނެ ކަމަށެވެ.




ގުޅުންހުރި
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި