ސަރުކާރު ކެންޑިޑޭޓުން ހިމެނޭ ރައްޔިތުންގެ މަޖިލީހަކުން ރައްޔިތުންނަށް ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމަށްފަހު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަން ކޮށްފައި އޮތް ގޮތުން ގޮތުން ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި އެތަނަކާ ނުލާ ގައުމުގެ ކަންކަން ނުނިމޭ ތަނެއް ކަމަށެވެ.
އެހެންކަމުން ދިވެހީންގެރާއްޖޭގެ މަގުސަދު ހާސިލުކުރުމަށްޓަކައި މާދަމާ ނަގާ ވޯޓަކީ މުހިންމު ވޯޓެއް ކަމަށާއި އެއީ ގައުމުދެކެ ލޯބިވާ ރައްޔިތުން ގައުމުގެ މުސްތަގުބަލަށްޓަކައި މުހިންމު ނިންމުމަކަށް ހަދަންޖެހޭ ވޯޓެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަށް މުހިންމީ ނަތީޖާ ނެރުން ކަމަށާއި ރައްޔިތުން އެ މަނިކުފާނަށް ވޯޓު ދެއްވީވެސް އެކަމަށް އިތުބާރު ކޮށްފައި ކަމަށެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަކީ ކޮންމެހެން މުހިންމު ތަނެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހުއްޓުމަކަށް ގެނެވޭނެ ކަމަށާއި ސަރުކާރުގެ ފިކުރު ނެތް ބަޔަކު މަޖިލީހަށް ހޮވައިފި ނަމަ، ބިކަވާނީ ރައްޔިތުން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ކެންޑިޑޭޓުން މަސައްކަތް ކުރާނީ ރައްޔިތުންނަށްޓަކައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން މަސައްކަތް ކުރާނީ ދިވެހި ގައުމަށްޓަކައި. ގައުމު ދެކެ ލޯބިވާ، ގައުމީ ޖޯޝުގައި އެ ބޭފުޅުން މަސައްކަތް ކުރައްވާނީ. އެހެންވީމާ މާދަމާގެ ވޯޓުގައި ހުރިހާ ދާއިރާތަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވަންވީ. އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައި ދެއްވައިގެން ހޮވޭ މަޖިލީހަކުން ރައްޔިތުން އެދޭ ހުރިހާ ކަމެއްގައި ނަތީޖާ ނެރެދޭނަން،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް