އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރަކީ ބަހަނާ ދައްކާ ބައެއް ނޫން ކަަމަށާއި ވަރަށް ސީރިއަސް މަސައްކަތެއް ކުރުމުގެ އަޒުމުގައި ތިއްބެވި ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައިވެސް ދަތި އުނދަގުލުގެ ތެރެއިން ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށާއި މަޖިލިސް މެޖޯރިޓީ އާއެކު ދެން ފެށިގެންދާނީ ރާއްޖެ ތަރައްގީވުމުގެ މަސައްކަތް ކަމަށެވެ.
އަދި އެ މަސައްކަތް ކުރުމަށް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ތިއްބަވާނީ 24 ގަޑިއިރު ހޭލާ ކަމަށްވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން. އަޅުގަނޑަކީ އަދި އަޅުގަނޑުމެންގެ ޓީމަކީ އަޅުގަނޑުމެން އެންމެނަކީ އިހުލާސްތެރިކަމާއެކީ ސީރިއަސް މަސައްކަތެއް ކުރަން ތިބި ބައެއް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުބައި މިސްރާބަކަށް ގައުމު ދަނިކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް އަނެއްކާވެސް ގައުމު ގެނެސްދީފައިވާ ކަމަށެވެ. އަދި މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދިނުމުން ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި ތަރައްގީ އަދި ހަމަޖެހުންކަން ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެވެސް ފަހުރަކަށް ހަދަންޖެހޭ ކަމަށާއި އެކުވެރި ކަމާއެކު ކުރިއަށް ދިއުމުން އެންމެންވެސް ތިބޭނީ އުފަލުގައި ކަމަށެވެ.
އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށާއި މެންބަރުންނަށް ގައުމައިގެން ކުރިއަށް ދިއުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.
“އަޅުގަނޑު މިހާރު އެދެނީ ހިޔާލުތަފާތުވުންތައް ދޫކޮށްލައްވަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކީގައި އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހިންގަވާށޭ ކުރިއަށްދާން. މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރިއޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އަޅުގަނޑުމެން އެންމެންނަށް އޭގެން ލިބޭނީ އުފާވެރިކަން،” ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ފަހުރުވެރި އަދި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމާއި ދިވެހިން ބޭނުންވަނީ ދިވެހިންގެ ކަންކަން ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން ބޭރުގެ ފަރާތްތަކަށާއި ވަކި އެޖެންޑާއެއްގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކ މިހާރު ސާފުވާނެ ކަމަށެވެ.

ގުޅުންހުރި
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ
މާމަޑުއްވަރީ އެއްބަސްވުން އުވާލުމަށްފަހު ހިތާދޫއާ އެރަށް ހަވާލުކުރާނަން: ރައީސް