މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ކުލާސްތައް އެ ޔުނިވާސިޓީގެ މައި ކެމްޕެހަށް ބަދަލު ކުރަން ނިންމައިފި އެވެ.
އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެޑިސިން ކިޔަވާ ދަރިވަރުން ބޭނުންކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އަށެއް އަދި 14 ވަނަ ފަންގިފިލާ އޮތީ 10 އަހަރު ދުވަހަށް ކުއްޔަށް ދީފަ އެވެ. ނަމަވެސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮއްވައި ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ އެއްބަސްވުން އުވާލައިފަ އެވެ.
އެހެންވެ ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި މެޑިސިން ސްކޫލްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލުކުރަން ވަނީ ފަށައިފަ އެވެ.
އެކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ މެޑިސިން ސްކޫލްގެ ވަސީލަތްތައް އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެތީ ކަމަށެވެ.
”މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު މި ޔުނިވާސިޓީގައި ގާއިމު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ،“ އެމްއެންޔޫ އިން ބުންޏެވެ.
އެ ޔުނިވާސިޓީން ބުނީ، މެޑިސިން ކިޔަވާ ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަންވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ކެމްޕަސް ހުޅުމާލޭގައި ހެދުމަށް އެ ޔުނިވާސިޓީ އާއެކު ސަރުކާރުން އަމަލީ ގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
މުޒާހަރާގެ ބައިވެރިއަކަށް ހާޓް އެޓޭކެއް ޖެހުން: ޕެޕާ ސްޕްރޭއަކުން ހާޓް އެޓޭކެއް
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
5 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން؟ މައްސަލަ