ހީނާމާގެ ޕާކިން ޒޯނަށް ކުނިއެޅި ހަތަރު މީހެއްގެ ތެރެއިން ތިން މީހެއް ދެނެގަނެ ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ހީނާމާގެ ޕާކިން ޒޯނަށް ހަތަރު މީހަކު ކުނި އަޅާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ދެނެގަނެ، އެއިނ ކޮންމެ މީހަކު 500 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އެ ކައުންސިލުން ބުނި ގޮތުގައި، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މާލެތެރެއަށް ކުނިއެޅުމުގެ ސަބަބުން 180 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.
މާލެތެރެއަށް ކުނިއެޅުން ހުއްޓުވުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މަގުތަކަށާއި އެ ނޫންވެސް ތަންތަނަށް ކުނިއަޅާ މީހުންގެ ފޮޓޯއާއި ވީޑިއޯ https://complaints.malecity.gov.mv/en މެދުވެރިކޮށް ކައުންސިލާ ހިއްސާ ކުރުމަށް އެދިފަ އެވެ. މީގެ އިތުރުން 9341144 ނަންބަރަށް ކުނިއަޅާ މީހުންގެ ފޮޓޯއާއި ވީޑިއޯ ވައިބާ ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި
މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް
މިދިޔަ 7 ދުވަސްތެރޭ 46 އެކްސިޑެންޓް، 3 މީހަކަށް ސީރިއަސް އަނިޔާ
މައްޗަންގޮޅިގެ ސަރަހައްދަކުން މާދަމާ ކަރަންޓް ކެނޑިދާނެ
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ
އިމާރާތެއްގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް
ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަނީ