އިސްރާއީލުން ޝަހީދުކޮށްލި ޣައްޒާގެ މާބަނޑު އަންހެނެއްގެ ބަނޑުން ނަގައި ސަލާމަތްކުރި ތުއްތު ކުއްޖާވެސް ނިޔާވެއްޖެ އެވެ.
ބަނޑަށް ފަސް މަސް ވެފައި އިން ސަބްރީން އަލް ސަކާނީ ނަމަކަށް ކިޔާ އެ އަންހެން މީހާ ޝަހީދުކޮށްލީ މިލިއަނަކަށްވުރެ ގިނަ މީހުން ތޮއްޖެހިގެން ފޭލިގެތަކުގައި އުޅޭ ރަފާގައި އިޒްރޭލު ސިފައިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދިން ހަމަލާއެއްގަ އެވެ.
ދެ ގެއަކަށް އިޒްރޭލުން އެރޭ ދިން ހަމަލާގައި 19 މީހަކު ޝަހީދުކޮށްލި އިރު، އޭގެ ތެރޭގައި މާބަނޑު އަންހެން މީހާގެ ފިރިމީހާ އާއި މަލަކް ނަމަކަށް ކިޔާ އެ ދެމަފިރިންގެ އަންހެން ދަރިފުޅުވެސް ހިމެނެ އެވެ. އޭގެ އިތުރުން އެއް އާއިލާއަކަށް ނިސްބަތްވާ 13 ކުދިންވެސް ހިމެނެ އެވެ.
މާބަނޑު އަންހެން މީހާގެ ބަނޑުން ކުއްޖާ ސަލާމަތް ކުރީ ރަފާގައި ހުންނަ އިމަރާތީ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީ ސީ ސެކްޝަނެއް ހަދައިގެންނެވެ. ބަރުދަނުގައި 1.4 ކިލޯ ހުރި އެ ކުއްޖާއަށް ކިއީ ސަބްރީން އަލް ރޫހެވެ.
އެ ކުއްޖާއަށް ފަރުވާ ދެމުންދިޔަ އިމަރާތީ ހޮސްޕިޓަލުގެ އިމަޖެންސީ ނިއޯ-ނޭޓަލް ޔުނިޓުގެ ވެރިޔާ ޑރ. މުހައްމަދު ސަލަމާ ވިދާޅުވީ ރޫހު ނިޔާވީ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ދިމާވުމުގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ކަމަށެވެ.
”އަހަންނާ އެހެން ޑޮކްޓަރުން އެ ތުއްތު ކުއްޖާ ސަލާމަތް ކުރެވޭތޯ ވަރަށް ބެލި. އެކަމަކު ކުއްޖާ ނިޔާވީ. އަހަންނަށް އެއީ ވަރަށް އުދަނގޫ އަދި ހިތްދަތި ދުވަހެއް. އެ ކުއްޖާ ސަލާމަތް ކުރީ ނޭވާލާ ނިޒާމު ރަނގަޅަށް މެޗުއާ ނުވަނީސް. އަދި ދިފާއީ ނިޒާމުވެސް ވަރަށް ބަލިކަށި. ނިޔާވި ސަބަބަކީ އެއީ. އެ ކުއްޖާގެ އާއިލާއާ އެ ގުޅުނީ ޝަހީދެއްގެ ގޮތުގައި،“ ސަލަމާ ވިދާޅުވި އެވެ.

ގުޅުންހުރި
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި