ޓްރާންސްޕޯޓް މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމުލަ 32 ސިޔާސީ ބޭފުޅުން އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ހޯދަން އައިމަން ލަތީފް ނަމަކަށް ކިޔާ މީހަކު އެ މިނިސްޓްރީގައި އެދުމުން ފޮނުވި ޖަވާބުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދިން ޖަވާބުން އެނގޭ ގޮތުގައި މިނިސްޓަރު މުހައްމަދު އަމީން އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 62،713 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
އެ މިނިސްޓްރީގައި ތިއްބަވާ ދެ ސްޓޭޓް މިނިސްޓަރުންގެ ތެރެއިން ޑރ. އިބްރާހިމް ޝިޔާމަށް 41،435 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އަބްދުލް ލަތީފް މުހައްމަދަށް 43،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އަދި 13 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާއިރު އޭގެ ތެރެއިން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 30،240 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 9 ބޭފުޅުން އަދި ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 7 ބޭފުޅުން ތިއްބަވާ އިރު، އެ ބޭފުޅުންގެ މުސާރައަށް މަހަކު 345،935 ރުފިޔާ ހަރަދުވެ އެވެ.
އެހެންކަމުން ސިޔާސީ މަގާމުތަކުގައި ތިއްބެވި 32 ބޭފުޅުންގެ މުސާރައަށް ޓްރާންސްޕޯޓް މިނިސްޓްރީން މަހަކު 886،703 ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އެ މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދުގެ 50 ޕަސެންޓެވެ.
އެ މިނިސްޓްރީގައި ތިއްބަވާ ސިޔާސީ ބޭފުޅުންނާއި މުވައްޒަފުންގެ މުސާރައަށް މަހަކު 1،763،609 ރުފިޔާ ހަރަދުވެ އެވެ.
ގުޅުންހުރި
އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި އިންޑިއާގެ ތިން މީހުން ޑީޕޯޓް
ރުފިޔާއިން މުސާރައާއި ސާވިސް ޗާޖު ދޭން ފެށުމުން ނުރުހުން ފާޅުކޮށްފި
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ: އެމްއެމްއޭ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް، ދިވެއްސަކަށް ހަމަލަދިން
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދައިފި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް