ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ/ ރިހިކޮކާގެ މުހައްމަދު އަފާޒު ބިން އަބްދުﷲ (21އ) އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ ތިނަދޫ ސިޓީގައި ހިންގާ ބަނގުރާ ވިއްކާ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބެލެވޭ މީހެކެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ 18 އޮކްޓޫބަރު 2026 ގައި ތިނަދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާއާ ގުޅުންހުރި ކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަަލައާ ގުޅިގެން އަފާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.


