މި މަހު ކަރަންޓު ބިލުތައް ބޮޑުވީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މި މަހުގެ ކަރަންޓް ބިލުތައް ބޮޑުކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަހު ކަރަންޓް ބިލު ބޮޑީ ރާއްޖޭގައި އެކަނި ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވެ ބިލު ބޮޑު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
”ރިސާޗް ކޮށްލެވިޔަސް އެނގިލައްވާނެ. މިއީ ހަމައެކަނި ރާއްޖޭގައި ކަރަންޓުބިލު ބޮޑުވެގެންނެއް ނޫން މިއުޅެނީކީ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަރަންޓް، ގޭސް ބިލަށް މި ބަދަލު އައިސްފައި އެބަ ހުރި،“ ފަހުމީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކަރަންޓު ބިލުތައް ބޮޑުވީ ސްޓެލްކޯ އިން ނުވަތަ ފެނަކައިން ކުރި ކަމަކުން ނޫން ކަމަށާއި ބިލުކޮށްފައި ހުންނާނީ ކަރަންޓު ބޭނުންކުރި މިންވަރަށް ކަމަށެވެ. އަދި މޫސުމާ ގުޅިގެން ކަރަންޓް ބިލު ބޮޑުވުމަކީ ކުންފުނިތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
”އަހަރަކު ދެމަހު ތިންމަހު ބިލު ބޮޑުވަނީ. ބައެއް މަސްތަކުގައި ބިލު ކުޑަވެސް އެބަ ވޭ. އެހެންވީމަ އެބަ އެނގޭ ސްޓެލްކޯ އާއި ފެނަކައިން ބިލްތައް ބޮޑުކުރަނީ ނޫންކަން،“ ފަހުމީ ވިދާޅުވި އެވެ.

ގުޅުންހުރި
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި: