ޖުލައި 6, 2024

ޑިމޮކްރެޓްސްގެ ހަރުގެ ހުސް ކުރަން ފަށައިފި

ދަ ޑިމޮކްރެޓްސްގެ ހަރުގެ ކުރަން ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ ހަރުގެ ހުސްކުރުމުގެ މަސައްކަތް އިއްޔެ ފަށައިފައިވާއިރު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން 37 ދާއިރާއަކަށް ވާދަކޮށްގެން ވެސް އެންމެ ދާއިރާއެއްގެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައިނުވެއެވެ. ޑިމޮކްރެޓްސްގެ ހަރުގެ ”ހައުސް އޮފް ޑިމޮކްރެޓްސް“ ނަމުގައި ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައިކުރިން އެމްޑީޕީގެ މައި ހަރުގެ ހުންނަ ތަނުގައެވެ.

އެ ހަރުގެ ހުންނަ ބިމަކީ ކުރިން އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަދި މިހާރު ޑިމޮކްރެޓްސްގެ މެމްބަރެއް ކަމަށްވާވާ ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ.

އެނގިފައިވާ ގޮތުގައި ޑިމޮކްރެޓްސްގެ ހަރުގެ ހުސްކުރަން ފަށައިފައިވަނީ ޝަފިއްޔާ ޒުބެއިން އެތަން ހުސްކުރަން އެންގުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ 24 ވަނަ ދުވަހުގައެވެ. އެ ޕާޓީއަކީ، އެމްޑީޕީގެ އިސްސަފުގައި ތިބި ބައެއް ފަރާތްތަކުން، އެމްޑީޕީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީއެކެވެ. އީސީގެ ދަފުތަރުގައިވާ ގޮތުން ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދަކީ 4364 އެވެ.