ފެނާއި ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރޯދަމަހު ކަރަންޓު ބިލުތަކަށް ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު މާޗު ހަތެރެއްގައި ބ. އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ އާންމުކޮށް ކޮންމެ އަހަރެއްގެ ރޯދަމަހު ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިއަހަރުގެރޯދަ މަހުގައި އެނެން ނުވާނެ ކަމަށެވެ.
”އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ.“ ރައީސްވިދާޅުވެފައިވެއެވެ.
ކަރަންޓާއި ފެނުގެ ލޯޑު ކިތަންމެ ބޮޑުވިޔަސް ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ، ވައުދުފުޅާ އެއްގޮތަށް މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ.“ ފަހުމީ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމަނާފައިވާ ކަމަށެވެ. އެންމެ ފަހުން ބިލް ކުރެވުނު އެޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމަނާފައިވާ ކަމަށެވެ.
”ކަރަންޓު ބޭނުންކުރުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ބޮޑުވެފައިވާ ކަރަންޓު ބިލަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުގެ ބިލަށްވުރެ ބޮޑުނުވާނެގޮތަށް އަލުން ބިލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން“ މުއާޒު ވިދާޅުވިއެވެ،
އެފަހުން ހީނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިންނާއި ފެނަކައިން، ރޯދަމަހުގެ ބިލުތަކަށް ޑިސްކައުންޓް ދީފައިވަނީ ރައީސް މުއިއްޒުގެ ވައުދުފުޅުވެވަޑައިގެންނެވި ގޮތަކަށް ނޫން ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލުތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ،“ ފަހުމީ ވިދާޅުވިއެވެ.
ނިމދިޔަ މާޗް މަހުގެ ބިލު ލިބެން ފެށުމާ އެކު، ބިލްތައް ތިން ގުނަ، ހަތަރު ގުނަ ބޮޑުވެފައިވާ ކަމަށް ބުނެ ގިނަބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ. ފާޑު ކިޔުންތަކުގެ ދިފާއުގައި ސްޓެލްކޯއިން ބުނެފައިވަނީ ޑިސްކައުންޓު ދީފައި ވަނީ ރޯދަ މަހު ލިބުނު ބިލަށް ކަމަށާއި ބިލުތައް ތައްޔާރުކޮށްފައި ހުރީ ރަނގަޅަަށް ކަމަށެވެ.
ރޯދަ މަހު ގިނަ ގޭބީސީތަކަށް ލިބުނު ބިލުގައި ރީޑިން ނަގާފައި ވަނީ ފެބްރުއަރީ މަހު މެދުތެރެއިން މާޗް މަހު މެދު ތެރެއަށް ކަމަށްވުމުން ބައެއް ގޭބިސީތަކަށް ރޯދަ މަހުގެ ބޮޑު ބައި އޮތީ ކަވަރު ނުވެއެވެ.
ގުޅުންހުރި
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހަކީ ޑިމޮކްރަސީއަށް މުހިންމު ފިޔަވަޅެއް: ފަހުމީ
ސްޓެލްކޯގެ ހިދުމަތްތެރި އަދި ގައުމުދެކެ ލޯބިވާ މުވައްޒަފުންނަށް އެމްޑީގެ ތައުރީފާއި ޝުކުރު!
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް