އދ. މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
މާމިގިލީ މަގު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2018 ވަނަ އަހަރު އެވެ. އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ގައި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރި އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ 26 ސެޕްޓެމްބަރުގަ އެވެ.
ޖުމުލަ 95 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން މި ވަގުތު ޖުމުލަ ހަ މަގެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޖުމުލަ 4.8 ކިލޯ މީޓަރުގެ ދިގުމިނެވެ.
މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އާރުޑީސީން ބުނީ، މިހާތަނަށް ހަ މަގެއްގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިއެޅުމުގެ ހުރިހާ މަސައްކަތެއް ނިންމާލާފައިވާ ކަމަށެވެ. އަދި ފަސް މަގެއްގައި ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި އެ މަސައްކަތުގެ 80 ޕަސެންޓް ނިންމާލާފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ތިން މަގެއްގައި ކާބް ސްޓޯންޖެހުމާއި ހަތަރު މަގެއްގައި ދުވާރުގެ މަސައްކަތްތަކުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި އެއް މަގެއްގައި ތާރު އެޅުމުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް އާރުޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ، އިތުރު މަގެއްގައި އޭބީސީ ފަށަލަ އެޅުމުގެ 75 ޕަސެންޓް ނިންމާލާފައިވާ ކަމަށެވެ. އަދި ގެވެހިމަގުގައި އޭބީސީ ފަށަލަ އެޅުމަށާއި ބީޗް ރޯޑްގައި ކާބްސްޓޯން ޖެހުމަށާއި ކީވޯލް ޖެހުމުގެ މަސައްކަތުގެ އިތުރުން އަމީނީމަގުގައި ސަބް ބޭސްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު