ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ކަމަށް ބުނެ ކުރި ތުހުމަތު އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މީހަކު އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގައި ވިހޭ ކުއްޖެއްގެ ހަށިގަނޑުގައި އިންފެކްޝަންތަކެއް ހުރި ކަމަށް ބުނެ އެންޓިބަޔޮޓިކް ދިނުމަށް އެ ހޮސްޕިޓަލުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކުއްޖާގެ ލޭގެ ޓެސްޓުން، އިންފެކްޝަން ހުރި ކަމަށް ނުދައްކާ ކަމަށް ބުނެފައިވެ އެވެ.
އެ ވާހަކަތައް ދޮގުކޮށް އައިޖީއެމްއެޗް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫން ކަމަށް ބުންޏެވެ.
އެ މައްސަލައިގައިވެސް ބޭސް ދިނުމާއި ފަރުވާއާ ގުޅުން ހުރި އެހެނިހެން ކަންކަންވެސް ބަލި މީހާގެ އާއިލާއާ މަޝްވަރާކޮށް، ތަފުސީލުކޮށް ކިޔައިދީފައިވާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
”ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން…ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،“ އައިޖީއެމްއެޗް އިން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ހެދުމަކީ އެ ބޭފުޅުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ އަމަލުތަކަކަށްވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގުޅުންހުރި
ބްރިޖް ފެންސުގައި ޖެހުނު މީހާގެ އެއް ފައި އޮތީ ފަލަމަސްގަނޑާ ހިސާބުން
އައިޖީއެމްއެޗް ކައިރީ ހެދި ޑްރެއިން ސިސްޓަމް ބޭނުން ކުރަން ފަށައިފި، މިހާރު
ޒަހަމްތަކަކާއެކު މަރުވެފައި އޮތް އެފްކޮންސްގެ މުވައްޒަފެއް ފެނިއްޖެ
ގެއެއްގެ ހަވަނަ ބުރިން ދޮރެއްގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
ކާޑިއެކް ސެންޓަރުގެ ހިންގުމުގެ ކަންކަން ދިވެހި ޑޮކްޓަރުންނާ ހަވާލުކުރަނީ
ޕީސީއާރު ޓެސްޓުގެ މައްސާލަގައި ކުޑަބަންދޭއާއި ލަތީފަށް ދައުވާ ކުރަން އެދިއްޖެ