ކޮންމެ ކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާއި އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުުއާމަލާތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މަރުހޫމް މުހައްމަދު ޖަމީލުދީދީ ލިޔުއްވައި، ޝާއިއު ކުރައްވާފައިވާ ”ހައްތާވެސް ދަރީންނެވެ.“ ކުރު ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް އިބުރަތަކީ އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފުސާއި ރޫހަށް ލިބޭނެ ހަމަޖެހުމެއް ލިބިގެންދާނެކަން ކަމަށެވެ.
ރައީސް ވިދާޅުވީ، ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވުމުގައި ހުށިޔާރުވާން ޖެހިފައިވާ ކަމަށާއި ނުކިއްސަރު ކަންކަމުން ދަރީން ސަލާމަތް ކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ހުރިހާ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ބެލެނިވެރިންނަށާއި މައިންބަފައިންނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
”ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަ ކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ވަރަށް ގިނަ ކުޑަކުދީން، އެ ކުދީން ކުޅިވަރު ކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ހަދައިދޭން އެދޭ ކަމަށާއި އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ހަދައިދޭނެ ކަމަށެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!