ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.
ޒަމީރު ވަނީ މިއަދު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފައެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރު ގަތަރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި ގަތަރުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އަދި ވަނީ ގަތަރުން، ރާއްޖޭގެ އިގްތިސޯދަށް ފޯރުކޮށްދޭ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމްތަކުގައި މަޝްވަރާ ކޮށްގެން ކަންކަަން ހައްލު ކުރެއްވުމާ މެދު ދެގައުމުގެ މެދުގައި މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި ފަލަސްތީނުގެ ގައްޒާ އަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ޒަމީރު ވަޒަން ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.




ގުޅުންހުރި
ޒަމީރު މުހިންމު ސާޖަރީއެއް ކޮށްފި، ހާލު ރަނގަޅު
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދެނީ
ބޮޑު ދަރަންޏެއް ދައްކަން ޖެހުނަސް، ޓެކްސް ބޮޑުކުރަން ނުޖެހޭނެ ގޮތަށް ރާވާފައިވާނެ:
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި
ބަޖެޓުގައި ތަފްސީލު ނެތް މައްސަލައިގައި ޒަމީރު: އެއީ ރައްޔިތުންގެ ފައިދާއަށް!