ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ މައި މަރުކަޒުގައި، ބަނޑޭރި ކޮށީގައި ހުންނަ އެޕާޓްމެންޓަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައިވާ މީހާ ފެނިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
”ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރި ކޮށި އެޕާޓްމެންޓެއް ބަލައިފާސްކުރިއިރު ނިޔާވެފައި އޮތް ފިރިހެނަކު ފެނިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން“ ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކަށް ނޫސްވެރިންނާ ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.









