ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގު، އެމްޑަބްލިޔުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ވަނީ ނިޔާވެފަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.



