އިރާނުގެ ރައީސް ޑރ. އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު، އިރާން އާއި އަޒަރްބައިޖާންގެ ބޯޑަރު ކައިރިއަށް އިއްޔެ ވެއްޓުނީ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން އެ ގައުމަށް ކުރެއްވި ދަތުރަށްފަހު އެނބުރި ގައުމަށް ވަޑައިގެން މަގުމަތީގަ އެވެ. ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
ރައީސް ރައީސީއަކީ އިރާންގެ އަށްވަނަ ރައީސެވެ. ވެއްޓުނު ހެލިކޮޕްޓަރުގައި ރައީސް ރައީސީގެ އިތުރުން އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު އަދި އިސް ބޭފުޅުންތަކެއް ދަތުރު ކުރައްވަމުން ގެންދެވި އެވެ
އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ރައީސީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށާއި ރައީސީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހާދިސާގައި އަވަހާރަވި ހާރިޖީ ވަޒީރު އަބްދުﷲ އާއި އެހެން ފަރާތްތަކުގެ ފުރާނަފުޅަށް ބަރަކާތް ލައްވައި ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
”ހިތާމައިގެ މި ދަނޑިވަޅުގައި، އީރާނުގެ އާއިލާތަކާއި ރައްޔިތުންނާއެކު، އަޅުގަނޑުމެންގެ ހެޔޮ ދުއާ ވޭ“ ރައީސް ވިދާޅުވި އެވެ.
ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވަން ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް