އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ހޯދަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ހާން ހުށަހަޅުއްވައިފި އެވެ.
ކަރީމް ހާން ވަނީ ނަތަންޔާހޫއާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރްއާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ ހައްޔަރު ކުރުމުގެ އަމުރަކަށްވެސް ހުށަހަޅައިފަ އެވެ.
ކަރީމް ހާން ވިދާޅުވީ، 7 އޮކްޓޯބަރު 2023 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާ ދިން ދުވަހުން ފެށިގެން އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ޒިންމާ ނަތަންޔާހޫއާއި ގަލަންޓް ނަގަންޖެހޭނެ ކަމަށެވެ.
ކަރީމް ހާން ހުށަހެޅި މައްސަލައިގައި ހަމާސްގެ ލީޑަރުން ހައްޔަރު ކުރަން އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ ބަޔަކު ނައްތާލުން، މީހުން މެރުން، ރަހީނު ކުރުން، ރޭޕު ކުރުން އަދި ލާއިންސާނީ އަމަލު ހިންގިކަމުގެ ތުހުމަތުގަ އެވެ.
ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރަން ހުށަހަޅާފައިވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، މީހުން މެރުން، އާންމުން ދިރިއުޅޭ އާބާދީތަކަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިނުން އަދި ބަޔަކު ނައްތާލިކަމުގެ ތުހުމަތުގަ އެވެ.
ނަތަންޔާހޫ އާއި ގަލަންޓް އަދި ހަމާސްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރަކަށް ހުށަހެޅުމުން، އެ ހުށަހެޅުމާމެދު އައިސީސީގެ ފަނޑިޔާރުން ގޮތެއް ނިންމަވާނީ އަމުރު ނެރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު އެވެ. އެކަމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއްވެސް ނަގާފާނެ އެވެ.
ހަމާސްގެ ހަމަލާތަކަށް ރައްދު ދިނުމުގެ ނަމުގައި އިޒްރޭލުން ފެށި ގަތުލްއާންމުގައި ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ގުޅުންހުރި
އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި އިންޑިއާގެ ތިން މީހުން ޑީޕޯޓް
ރުފިޔާއިން މުސާރައާއި ސާވިސް ޗާޖު ދޭން ފެށުމުން ނުރުހުން ފާޅުކޮށްފި
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ: އެމްއެމްއޭ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް، ދިވެއްސަކަށް ހަމަލަދިން
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދައިފި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް