ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ ވެރިކަން ހިންގާ ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު ހަމަޖެއްސެމަށް ނިންމައިފި އެވެ.
އެގޮތަށް ނިންމީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ޕާޓީގެ ޕީޖީ ގުރޫޕުގެ މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއެކު ރިޔާސީ ގެކޮޅު، މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަބްދު) އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ ނަން ހުށަހަޅުއްވައިފަ އެވެ.
އޭގެ އިތުރުން ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕީއެންސީގެ ޕީޖީ ގުރޫޕުގެ އިސް މަގާމުތަކަށް ވަޑައިގަންނަވާނެ ބޭފުޅުން ވެސް އިއުލާން ކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ:
- ޕީޖީ ލީޑަރު ކަމަށް: އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
- ސީނިއާ ޑެޕިއުޓީ ލީޑަރު ކަމަށް: ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- ޑެޕިއުޓީ ލީޑަރު ކަމަށް: މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް)
- ޑެޕިއުޓީ ލީޑަރު ކަމަށް: ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް)
- ޑެޕިއުޓީ ލީޑަރު ކަމަށް: ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް
ވިހިވަނަ މަޖިލީސް ފަށާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހެނދުނު މެންބަރުން ހުވާ ކުރުމުގެ ހާއްސަ ދަރުބާރު އޮންނާނެ އެވެ. އަދި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ މަޖިލީހުގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކުރާާނެ އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި