ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު ވަކިކުރައްވައިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނެފިއެވެ.
ޕީސީބީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒުހޫރު އެ މަގާމުން ވަކިކުރައްވައިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ޒުހޫރު ވަނީ އެޗްޑީސީގެ ބޯޑުން ވެސް ވަކިކުރައްވައިފައި ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން، އެޗްޑީސީގެ، ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒުހޫރު ވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.
މީގެ އިތުރުން އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުގެ ވެސް އަދާކުރައްވައިފައެވެ.
ގުޅުންހުރި
”ބިންވެރިޔާ“ގެ ބިންތައް 6 ބުރިއަށް ނެގޭ ގޮތަށް ބަދަލުކުރުމަށްފަހު ނިންމުން އަނބުރާ
މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފުރަތަމަ ކުންފުންޏަކަށް
އެގްރޯނެޓް އާއި އެމްއައިޓީޑީސީ އުވާލަން ނިންމައިފި
އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ބަދަލުކުރަނީ
ހުޅުމާލޭގައި 7 ބުރީގެ 15 ޕާކިން ބިލްޑިން ހަދަނީ، ކޮންމެ އިމާރާތެއްގެ
ޒީނާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވައިފި