މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ހަރަކާތެއް ކަމަށެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ރުއްގަސް އިންދުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަހުމީ ވިދާޅުވީ، އެ ކުންފުނިން ބާއްވާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށްވެސް ވާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ. އެހެންކަމުން ކުންފުނީގެ ހުރިހާ މުވައްޒަފުން އެ ހަރަކާތުގައި ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު