ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް ހަމަޖައްސެއްވީ އިއްޔެ އެވެ.
ޒީނާޒަކީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުންނެވެ. އޭނާ އަކީ ކުޑަކުދިންގެ ހިޔާގެ ކުރީގެ ސީއީއޯ އެވެ.
ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ޒީނާޒް ވާދަކުރެއްވި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.



