މީގެކުރިން އެތައް ފަހަރަކު ގެއްލިގެން ހޯދި ކުޑަކުއްޖަކު، އަނެއްކާވެސް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ވަނީ އެ ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތައް އާންމުންގެ އެހީއަށް އެދިފައެވެ.
ގެއްލިގެން ހޯދަމުންދަނީ ތ. މަޑިފުށި، ނައިޓްރޯސް އައިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.
ފުލުހުން މިރޭ ބުނީ އާއިޝަތު ޒޯޔާ ފިކުރީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހު އެ ކުއްޖާ މިހާރު ދިރިއުޅޭ ގެ ވ. ނާލިސްއިން ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އައިޝަތު ޒޯޔާ ފިކުރީއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް، ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަށް ގުޅައި ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޒޯޔާ ގެއްލިގެން ހޯދުމަށް ފުލުހުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ގައި ވެސް އާންމުންގެ އެހީއަށް އެދިފައެވެ. އެފަހަރު ހަމަ އެ ދުވަހު ފުލުހުން ވަނީ ޒޯޔާ ހޯދައިފައެވެ.
ފުލުހުން އެފަހަރު ޒޯޔާ ހޯދައިފައިވަނީ ހުޅުމާލޭގައި ހުންނަ އެޕާޓުމެންޓެއްގެ ތެރެއިންނެވެ.
އޭގެ ކުރިން 2020 ވަނަ އަހަރު ވެސް ޒޯނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއެވެ.




ގުޅުންހުރި
ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފި
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
ފަރުހާދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ