ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކޮންމެހެން ބޭނުންޖެހިފައިވާ ފައިނޭންސް ހޯދުމުގެ މަގުފަހިކޮށްދެވޭނެ ގޮތްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފިއެވެ.
އެންޓިގާ އެންޑް ބާބިޑާގައި މިހާރު ކުރިއަށްދާ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސް މަހާސިންތާގެ ހަވާސާގައި މިއަދު ބޭއްވި ހައިލެވެސް މީޓިން އޮން ރިސޯސް މޮބިލައިޒޭޝަން ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ކޮންފަރެސްގައި ރައީސް ވިދާޅުވީ ވިދާޅުވީ ރާއްޖެއާ އެއްގޮތަށް ސިޑްސްގެ ގައުމުތައް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވުމުގެ އަގު ދައްކަންޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ސިޑްސްގެ ގައުމުތަކަށް ލުއި ގޮތެއްގައި ފައިނޭންސް ހޯދުމަށް ދަތިތަކެއް ދިމާވުމުގެ ސަބަބުން ދަރަނި މެނޭޖްކުރަން ދަތިވެ، ތަރައްގީއަށް ހުރަސްއެޅިފައިވާ ކަމަށެވެ.
ސިޑްސްއަށް ބޭރުން ލިބޭ އެހީތެރިކަން ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ މާލީ ބާޒާރުން ފައިނޭންސް ހޯދައިގެން، ލުއި ގޮތެއްގައި ކުދި ގައުމުތަކަށް ލޯނު ދެވޭނެ ގާބިލުކަން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކުގައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޑްސްގެ ގައުމުތަކަށް ލޯނު ދޫކޮށްގެން އެ ބޭންކުތަކުގެ ކްރެޑިޓް ރޭޓިން ދަށްނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ދުނިޔޭގެ މާލީ ނިޒާމު އޮތްގޮތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންކަމުން، ނިޒާމަށް (ބައިނަލްއަގުވާމީ މާލީ ނިޒާމަށް) މި އިސްލާހުތައް ގެނެސް، ފާއިތުވި 30 އަހަރުގެ ތެރޭގައި ސިޑްސްއަށް ވެފައިވާ ވައުދުތައް ފުއްދުމަށް އަޅުގަނޑު އެމްޑީބީތަކާއި އިންޓަނޭޝަނަލް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް އަޅުގަނޑު ގޮވާލަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން އެމްޑީބީތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސިޑްސްއަށް ފައިނޭންސް ލިބޭ މިންވަރު އިތުރުކުރުމަށް ގޮވާލައިފައެވެ.
އެ ހުށަހެޅުމުގެ ތަފުސީލުގައި ރައީސް ވިދާޅުވީ ކުދި ގައުމުތަކަށް ބޭރުގެ އިންވެސްޓްމަންޓުތައް ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަގަންޖެހޭ ރިސްކާ އަޅާބަލާއިރު މާކެޓު ކުޑަވުން ކަމަށެވެ. އެ ރިސްކުތައް ބޮޑެތި ގައުމުތަކުން ނަގައިފިނަމަ، ކުދި ގައުމުތަކަށް މިހާރު އޮތް ހުރަސްތައް ނެތިގެންދާނެ ކަމަށެވެ.
ގުޅުންހުރި
ދިވެހިންގެރާއްޖެ ހޯދަން ރައީސް މުއިއްޒު 15 އަހަރު ވެރިކަމުގައި ބަހައްޓަންޖެހޭ: އަބްދުއްރަހީމް
ކޮރެއާގެ ކުންފުންޏަކަށް 1 މަސް ތެރޭ 3 މިލިއަން ޑޮލަރު ދައްކަން
އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް އިތުރުވަނީ
ރަށެއްގެ ބަނދަރަށް ވަންނަން ވާދަޖެހި ކަމަށް ބުނާ ލޯންޗުތަކުގެ މައްސަލަ ބަލަނީ
ޖެންޒީންނަށް ވިސްނޭނެ ގޮތަކަށް އިސްލާމް ދީނުގެ ކަންކަން ކިޔައިދޭންޖެހޭ: ރައީސް
ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި