ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމަށް ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ އަހުމަދު ހާފިޒް މިއަދު އަވަހާރަވެއްޖެ އެވެ.
މ. ޒިޔާރަތްދޮށޫގޭ/ ހާފިޒް، 62، އަހަރުގައި އަވަހާރަވީ އާއިލާ އިން ބުނި ގޮތުގައި ކެންސަރުގައި ގާތްގަނޑަކަށް 9 ވަރަކަށް ހޭދަކުރެއްވުމަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެއް އެތަނުގައި ހިދުމަތް ކުރައްވަމުން ގެންދެވި ހާފިޒު ވަނީ 1999 އިން 2004 އަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
ހާފިޒަކީ ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގައާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރި ކުރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖޭގައި އަލަށް ފެންނަ މަސްމަހަށް ނަން ދިނުމާއި ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތާއި ކަނޑުއަޑީގެ ދިރުންތަކާއި މަސްމަހާމެއްސާ ގުޅޭގޮތުން ވަރަށް ބައިވަރު އިލްމީ ދިރާސާތައް ވެސް ހާފިޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.
ސައިންޓިސްޓުން އޭނާގެ ނަމާ ގުޅުވައިގެން މަހަކަށް ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް ހާފިޒެވެ. ހާފިޒު ހޯއްދެވި ފަރު މަހަށް ދީފައިވާ ނަމަކީ ”ހާފިޒް“ އެވެ.
އަހުމަދިއްޔާ ސްކޫލަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ހިދުމަތް ކުރައްވާފައިވާ އަދި އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަންވެސް ކުރައްވާފައިވާ ހާފިޒަކީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސް ކަމާއި ދިރާގުގެ ބޯޑު މެމްބަރުކަން ވެސް އަދާކުރެއްވި ބޭފުޅެކެވެ.

ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި