ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގިރާވަރު ފަޅުން، ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ މެދުގައި އަންނަ އަންގާރަ ދުވަހު ގުރުނަގަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
”ބިންވެރިޔާ“ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،347 ގުޅިފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ފުރުސަތުގައި ޖުމްލަ 2،210 މީހުން ގޯތި ބަދަލުކުރުމަށް ބޭނުންވެގެން ވަނީ ހުށަހަޅައިފައެވެ،
ހައުސިން މިނިސްޓްރީން މިރޭ ބުނީ ގުރުނެގުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12 ޖަހާއިރު، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. ގުރުނަގާ ފޮއްޓަށް އަމިއްލައަށް ނަން ލާން ބޭނުންވާ މީހުން އެ ދުވަހުގެ ހެނދުނު 9 އާއި 10 އާ ދެމެދުގެ ވަގުތެއްގައި ހާޒިރުވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
”ބިންވެރިޔާ“ ލިސްޓުގައި ހިމެނޭ މީހަކަށް ހާޒިރު ނުވެވޭ ނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާ ނަމަ އެ މީހެއްގެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށާއި އެ މައުލޫމާތު ހުށަހަޅަން ހުޅުވާލާނީ މާދަމާ ހެނދުނު 10 އިން ހޯމަ ދުވަހުގެ މެންދުރު 12 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ގިރާވަރުފަޅުން، ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރުއަތު ނަގަން ޖެހުނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ބައެއް ކެޓަގަރީތަކުން އެދުނު މީހުންގެ އަދަދު، ބަދަލުކުރާ ގޯތީގެ އަދަދަށް ވުރެ އިތުރުވުމުންނެވެ.
އެގޮތަށް އިތުރުވީ 1،250 އާއި 1،650 އަކަ ފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުންގެ އަދަދެވެ. ނަމަވެސް 2،450 އަކަ ފޫޓާއި 2،050 އަކަ ފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ކަމަށްވާތީ އެ ކެޓަގަރީތަކުން ގުރުއަތުލުމެއް ނޯންނާނެ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅަައިފި
ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަޒީލް ވޯޓު ދިނީ ހައިދަރަށް ރުހުން
ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ރަށްރަށަށް ވައުދުވި ފްލެޓުތައް ހަދަން މި މަހު ކޮންޓްރެކްޓަރުން ހޯދަން އިއުލާންކުރާނަން:
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގަށް 16 މީހަކު ވަނީ މައުލޫމާތު ހިއްސާކޮށްފި