ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވަން ނިންމި 1،000 މީހުންގެ ތެރެއިން މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލީ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1،000 މީހުން ހިލޭ ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ތިންވަނަ ހަފުތާ ތެރޭގައި މި އަހަރުގެ ހައްޖު މޫސުމުގައި އޭގެ ތެރެއިން 50 މީހުން ހައްޖަށް ފޮނުވަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދެ އެވެ.
ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ގެންދާ މީހުންގެ ގުރުނަގާފައިވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު، އިސްލާމިކް މިނިސްޓްރީގަ އެވެ. ސަރުކާރުގެ ހަރަދުގައި އްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާފައިވަނީ މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓަށް ބަލައިގެންނެވެ.
ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ