ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގެ އިހުމާލުން މަރުވި ކަމަށް ބުނާ ސަދާ ސައުދުﷲ ގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން އާއިލާއިން ކުރާ ދައުވާ ކޯޓުން ބޭރުގައި ހައްލުކުރުމާ މެދު ގޮތެއް ނިންމަން ސިވިލް ކޯޓުން ދައުލަތަށް ފުރުސަތު ދީފި އެވެ.
ސިވިލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ސަދާގެ މަރުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން ވަނީ ސަދާ މަރުވެފައިިވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ދައުލަތުން ގަބޫލުކުރާނަމަ، ބަދަލުގެ މިންވަރާ ގުޅިގެން ކޯޓުން ބޭރުގައި މަޝްވަރާކުރަން ތައްޔާރު ކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ ވެރިންނާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމަށެވެ.
އެހެންވެ ސިވިލް ކޯޓުން ވަނީ ދައުލަތަށް ދެ ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ސަދާ މަރުވެފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. ސަދާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވި ކަމަށް ބުނެ އެވެ.
އެ މަރުގެ މައްސަަލައިގައި އެޗްއާރްސީއެމުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވަނީ ސަދާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލު އެބައޮތް ކަމަށާއި އެހެންކަމުން ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ ނަޝީދު ކަމަށް
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ