ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުުހައްމަދު އިބްރާހިމް (ކުޑޫ) އޭނާގެ ކެމްޕޭނަށްފަހު ބާކިވި ފައިސާ ޓައިނީ ހާޓްސް ޖަމިއްޔާއަށް ހަދިޔާކޮށްފި އެވެ.
މަޖިލިސް ކެމްޕޭނުގެ ތެރެއިން ކުޑޫ ވަނީ ކެމްޕޭނަށްފަހު ބާކިވާ ފައިސާ ހަދިޔާ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ކުޑޫ ކެމްޕޭނު ކުރެއްވީ އާންމުންނާއި ސަޕޯޓަރުންގެ އެހީގައި ކްރައުޑް ފަންޑިން ހޯއްދަވައިގެންނެވެ.
ކުޑޫ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕެއިނަށް ކުރި ހަރަދު އޮޑިޓްކުރުމަށް ފަހު ބާކީ ހުރި ފައިސާ ޓައިނީ ހާޓްސްއަށް ހަދިޔާކުރައްވާފައިވާ ކަމަށެވެ. އެއީ 29،888 ރުފިޔާ އެވެ.
އޭނާ ވަނީ އެ ފައިސާ ހަދިއްޔާ ކުރައްވާ މަންޒަރު ފެންނަ ފޮޓޯ އެއްވެސް ޕޯސްޓު ކޮށްފަ އެވެ.
ކުޑޫ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުޑޫ އިންތިހާބުވީ އެ ގޮނޑީގައި ތިން ދައުރު އިންނެވި އީވާ އަބްދުﷲ ބަލިކުރެއްވުމަށް ފަހު އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!