ދ. އަތޮޅުގައި ހިންގާ ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެކްސިޑެންޓާ ގުޅޭ ތަފުސީލީ މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ. ބުނީ އެކްސިޑެންޓުގެ މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ލޯންޗު އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ ދެ މީހުންނަށް ފަރުވާ ދެމުންދަނީ ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލުގަ އެވެ.



