ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއާގައި މި ވަގުތު ހުންނެވި ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް ދީނަކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި އިސްލާމީ ހިދާޔަތުގެ މަގަށް މި ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން ރާއްޖޭގެ ސަގާފަތަކީ އިސްލާމީ ސަގާފަތް ކަމަށެވެ.
”ސަގާފަތުގެ ނަމުގައި ހުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން. އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ. ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ،“ ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިސްލާމީ އީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަގާފަތާއެއްގޮތައް ކަމަށާއި ދިވެހިންގެ ސަގާފަތެއް ކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާއި އެއްގޮތް ކަންކަން ކަމަށެވެ. އެ ނޫން ކަންކަމަކީ ހުރާފީ ބާތިލު ކަންކަން ކަމަށްވެސް ބުންޏެވެ.
”ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ އީދުގައި އޮންނަން ޖެހޭނެ ކަމެއް. މި ކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި، އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުއާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ،“ ޝަހީމް ވިދާޅުވި އެވެ.




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ