ޖުލައި 4, 2024

ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި ދޫކޮށްލާފައި ވާތީ: ޝިފާން

މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝިފާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަގީގަތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ. ”އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،“ ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ޝިފާން މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަޙައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، މާލެ ސަރަޙައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ދާދީފަހުން ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްތަކުގެ ބިޔަ ސްކޭމެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރަނިކޮށް އެއީ ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ބަޔަކުކަން ވަނީ އެނގިފަ އެވެ.

އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަން ކުރާ ބަޔަކު ހައްޔަރުކޮށް، ފަސް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

14 Comments

  • Xai Navee ޖޫން 19, 2024

    Ibu solihuge heyokan thifennanee

  • Raz Usman ޖޫން 19, 2024

    Munjey kiyaabala kaleymennah Amanda amaankan nubeleythee ,adhives musaarayaa inaayaiy bodu kuranvee

  • Ali Shameem ޖޫން 19, 2024

    މިސަރުކާރު ވެރިކަމަށް އައިސް ދޫކުރި ކުށްވެރިންނާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ދޫކުރި ކުށްވެރިންގެ އަދަދު ހާމަކުރަން ކެރޭނެތޯ؟

    • Canadian Jud ޖޫން 19, 2024

      Ali Shameem ei Dheenah Takaa dhookori meehun

    • Ilyas Moosa ޖޫން 22, 2024

      Ali Shameem laahikehnoo

  • Canadian Jud ޖޫން 19, 2024

    Votah ulhunu iru misarukaarun dhookolli kuhveringe listeh dheebala

  • Aish Phari ޖޫން 19, 2024

    Noon aman aammu balahattan thibey meehunge dhohalhi siyaasathun nikan malethere 24gadiiru komme hatharu angolhi kanmmatheega fuluhak bahattaigen diuty adhaakobbala natheejaa fennaane

  • KD Ibbe ޖޫން 19, 2024

    ކުއްކުރުން އިތުރުވެފައިވަނީ މިސަރުކާރުން މުޅިރާއްޖޭގަ ކުއްވެރިން ނުތިބޭނެޔޭކިޔާ މަޖްލީސް އިންތިހާބުގައި މީހުންތައްދޫކުރުމުން

  • Ali Abdulla ޖޫން 19, 2024

    Kaley thimagaamahlee hama ekani noosbayaan dheyn tha🤔?

  • އަޙުމަދު ޢާދިލް ޖޫން 20, 2024

    ބަލަ ދޫކުރީ ކާކުތަ؟ ދޫކުރީ ކޮންބައެއްތަ؟ ރައްޔެތުން ބުނެގެންތަ ދޫކުރީ؟

  • Mohamed Rauf ޖޫން 21, 2024

    Aharentha ehmihun dhookohlaaaagen mi ulheni

  • Hawwa Musthafa ޖޫން 22, 2024

    Amilla zimma in reken v rangalhu bahana eh
    Ximma nunengevenya avahah uniform baalaafa isthiufa dhevva

  • AlQaazee Mohamed Nasheed ޖޫން 22, 2024

    Gaanoonu nagahattan thibi muassasaa thakuge zimmaadhaaru kamunneh noon tha?

  • Mohamed Saffah ޖޫން 23, 2024

    Sarukaaereh badhalu ve 6 mas vee iru .. e dhookuri meehun therein kuhkuramun dhaa meehun bandhu nukureveyn v sababeh ?

Leave a Reply