މާލޭގައި 50 އަށްވުރެ ގިނަ ޑުރަގް އައްޑާ ހިންގާ ކަމަށާއި އޭގެ ތެރޭގައި ސަރުކާރުގެ އިމާރާތްތައްވެސް ހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޑުރަގް އައްޑާ ހިންގާ ތަންތަނުގެ ވީޑިއޯތައް ނަގައި އެސެސްމެންޓެއް ހަދާފައިވާ ކަމަށެވެ.
އެގޮތުން ޑުރަގް އައްޑާ އެއްގެ ގޮތުގައި ހިންގާ ސަރުކާރުގެ ތިން ތަނެއް ފާހަގަވެފައިވާ ކަމަށާއި އެ ތަންތަން ތަޅާލަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޑްރަގް އައްޑާ ހިންގާ އަމިއްލަ މީހުންގެ ތަންތަނުގެ ވެރިންގެ ފަރާތުން ހުއްދަ ހޯދައިގެން އެ ތަންތަން ބަންދުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.



