ހިޖުރީ އާ އަހަރާ ގުޅުވައިގެން ގެފުޅުގެ ”ކިސްވާ“ ނުވަތަ އުރަކޮޅު ބަދަލުކޮށްފި އެވެ.
އެހެން އަހަރުތަކުގައި ގެފުޅުގެ އުރަކޮޅު ބަދަލު ކުރަމުން އަންނަނީ ހައްޖުގެ އަޅުމަށް ހަރަމްފުޅަށް އެއްވާ މީހުން، އަރަފާތަށް ދިއުމަށްޓަކައި ދަތުރުފެށުމާ ގުޅިގެން ހަރަމްފުޅު ހުސްވާ ވަގުތުގަ އެވެ. އެއީ ހައްޖުމަހުގެ ނުވަވަނަ ދުވަހުސް ނުވަތަ ހައްޖު ދުވަހުގެ ރެ އެވެ.
ނަމަވެސް މިދިޔަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން ވަނީ ކޮންމެ ހިޖުރީ އާ އަހަރަކާ ގުޅުވައި ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ނިންމަވައިފަ އެވެ.
ހިޖުރީ އާ އަހަރާ ގުޅުވައިގެން ކިސްވާ ބަދަލުކުރުމުގެ މަސައްކަތް ފެށީ މިއަދު ފަތިހު އެވެ. އެ ރަސްމިއްޔާތުގައި ބޮޑު މިސްކިތާއި ކީރިތި ރަސޫލާގެ މިސްކިތުގެ ކަންކަން ބަލަަހައްޓާ ޖެނެރަލް ޕްރެޒިޑެންސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކިސްވާ ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެގެން ލިޔާ ކީރިތި ގުރުއާނުގެ އާޔަތްތަކާއެކު އެންމެ މޮޅު ފަށުވިންނެވެ. މިއަދު އާކުރި ގެފުޅުގެ އުރަކޮޅު ތައްޔާރު ކޮށްފައިވަނީ 1000 ކިލޯގެ ފަށުތްވާއި 120 ކިލޯގެ ރަނާއި 100 ކިލޯގްރާމްގެ ރިހި ބޭނުންކޮށް ގެންނެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގައި އުރަކޮޅު ތައްޔާރުކުރާ ކިސްވާ ފެކްޓަރީ ނުވަތަ ކިންގް އަބްދުލްއަޒީޒު ކޮމްޕްލެކްސްގެ 200 އެއްހާ ޓެކްނީޝަނުންނާއި އިންޖިނިއަރުން ބައިވެރިވެފައިވެ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި