ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވައުދުތައް ބާރަށް ފުއްދަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ހިދުމަތް އިފުތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ކޮންމެ ސަރުކާރެއްގައި ފަށައިފައިވީ ކަމަށް ވިޔަސް އެ ރަށަކަށް ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.
އެއީ އެ މަނިކުފާނު ރިޔާސީ އިންތިހާބު ކެމްޕޭނުގެ ތެރެއިންވެސް ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ޔަގީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”ދިވެހި ގައުމާ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ މަގުސަދުގެ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ. ވަޑައިގެން މިއަދު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ގައުމުގެ މިއަދުގެ ހާލަތު އޮތްގޮތަށް ބަލާއިރު ވަރަށް ބާރު ސްޕީޑުގައި ވައުދު ފުއްދަމުންދާ މަންޒަރު،“ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސްގެ ސިޔާސަތަކީ ރާއްޖޭގެ ފަސް ސަރަހަދެއްގައި އާބަން ސެންޓަރުންތައް ގާއިމުކުރުންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ކުދި އާބާދީ އޮންނަ ރަށްރަށުގައި ހުރިހާ ހިދުމަތަކާއި ވަސީލަތެއް އެންމެ ފުރިހަމައަށް ތަރައްގީކުރުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އާބަން ސެންޓަރުތަކެއް ގާއިމުކުރަނީ އެހެންވެގެން ކަމަށާއި އޭރުން އާބާދީ އެއްފަސްވެ ތަރައްގީ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ތަރައްގީވެފައިވާ ސަރަހައްދުތަކަށް މީހުން ބަދަލުވުމަކީ އެއީ އާންމުކޮށް ހިނގާ ކަމެއް ކަމަށާއި ކުޅުދުއްފުށި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުން ހދ. އަތޮޅުގެ އެހެން މީހުންނަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.




ގުޅުންހުރި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
391 މީހަކާ ސުވާލު ކޮށްގެން ހެދި ސާވޭ: 62 ޕަސެންޓް މީހުން
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް